ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ


  • އަނިޔާވި 2 ބިދޭސީން އިތުރު ފަރުވާއަށް މާލެ ގެނައުމަށް އަންނަނީ މަސައްކަތްކުރަމުން

  • މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުން

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކު ފިހިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިރޭ 20:45އެހާކަށްހާއިރު އއ.މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިގެން މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނައުމުގެ މަސައްކަތް ފުުލުހުން ކުރަމުން އަންނަކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.