ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮޅުދުއަށް ވަޑައިގެންފި


  • މި ދަތުރުގައި މިރޭ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

  • ރަށުގެ ކައުންސިލާ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. ހޮޅުދުއަށް ވަޑައިގެންފިއެވެ. މިއީ މިއަދު އެމަނިކުފާނު ވަޑައިގެންފަވާ އެއަތޮޅުގެ 4ވަނަ ރަށެވެ.

ރައީސަށް މަރުޙަބާ ދެންނެވުމަށް ރަށު ކައުސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސަރުކާރުގެ މުވައްސާތަކުގެ މުވައްޒަފުން އަދި ރަށުގެއެކި އުމުރުފުރާތަކުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އަތޮޅުތަކަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުން ހިމެނެއެވެ.

އެގޮތުން ހޮޅުދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ،
ހޮޅުދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، މިރޭ އެރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާފައެވެ.