ޚަބަރު

5 ވަޒީރަކަށް ރުހުން ދެއްވުމަށް ކޮމިޓީ މަރުހަލާގައި ނިންމަވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކެބިނެޓަށް އެންމެ ފަހުން އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ފަސް ވަޒީރަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ނިންމަވައިފިއެވެ.

މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީން ރުހުން ދޭން ނިންމަވާފައިވަނީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއަށެވެ.

ސަރުކާރުގެ މަސްއޫލިއްތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެގޮތަށް ނިންމަވާފައި ވަނީ އެ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކޮމެޓީގެ އަޣްލަބިއްޔަތުންނެވެ.