ޚަބަރު

އެންމެ ބޮޑު ސަމާލުކަމެއް ދެނީ ފައިނަލް މެޗަށް: ޕޮސްޓެކޮގްލޫ


މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ކަމަށް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު އޭންޖް ޕޮސްޓެކޮގްލޫ ބުނެފި އެވެ.

މި ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ މުސްތަގުބަލާއިމެދު ސުވާލު އުފެދިފައިވާ ޕޮސްޓެކޮގްލޫ ބުނެފައިވަނީ މިއީ އޭނާގެ މުސްތަގުބަލާއިމެދު ވިސްނަންވީ ވަގުތެއް ނޫން ކަމަށާއި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް އޮތީ ކުރިއަށް އޮތް ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ކަމަށެވެ.

"މި ޓީމަށް މުބާރާތެއް ކާމިޔާބު ނުކުރެވޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. މި ވަގުތު އެންމެ މުހިންމުކަމެއް ދެނީ މި މުބާރާތް ކާމިޔާބު ކުރަން." ކޮސްޓެކޮގްލޫ ބުންޏެވެ.

"އަހަރެން ޓޮޓްނަމް ހޮޓްސްޕަރ އާއިއެކު ހަދާފައިވާ އެއްބަސްވުން މި މެޗަށްފަހު ނިމޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެމެން މި ދަނީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަދި ތަށްޓެއް ލިބުމާއިއެކު އެކަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ." ގްރީސްއަށް އުފަން ޕޮސްޓެކޮގްލޫ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ފުޓްބޯޅަ ކޯޗުންނަކީ އެއްވެސް އިރެއްގައި އެ މަގާމު ޔަގީންވާ ބައެއް ނޫން ކަމަށާއި ކިތަންމެ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް މަގާމުން ވަކިވާން ނުވަތަ ދުރަށްދާން ޖެހިދާނެ ކަމަށެވެ.

ޓޮޓްނަމް ހޮޓްސްޕަރ އަށް މުބާރާތެއް ކާމިޔާބު ނުކުރެވޭތާ 17 އަހަރު ވެފައިވާއިރު މި ސީޒަނުގައި އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ޕްރިމިއާ ލީގުގައިވެސް ހޯދިފައެއް ނުވެއެވެ. ލީގުގައި އެންމެ މެޗެއް ބާކީ އޮތްއިރު އެ ޓީމަށް ލިބިފައިވާ 38 ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. މިއީ 1978 ވަނަ އަހަރަށްފަހު އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ފަހުން ހޯދިފައިވާ އެންމެ ދަށް ނަތީޖާ އެވެ.