އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދިޔަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ފަޚުރުވެރި ހަތްވަނައާއެކު ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިއީ މިފަދަ މުބާރާތެއްގައި ގައުމީ ޓީމުން ބައިވެރިވި ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ރާއްޖެއިން ހަތަރު މެޗު ކުޅެފަވާއިރު އެއްވެސް މޮޗަކުން މޮޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ސަރަހައްދުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގައުމީ ޓީމުންވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ.
މިމުބާރާތުގައި ރޭންކިންގ މެޗުގައި ރާއްޖެއިން ބައްދަލުކޮށްފަވަނީ ހޮންކޮންގއާއެވެ. ރާއްޖެއިން ހޮންގކޮންގއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް 22-14 އިން ކާމިޔާބުކުރީ ހޮންގް ކޮންގުންނެވެ. އެހެންނަމަވެސް ރާއްޖެއިންވަނީ ހަތަރު ލަނޑުގެ ލީޑަކާއެކު ފަހަތުން އަރާ 21-17 އިން ދެވަނަ ގޭމް ކާމިޔާބުކޮށް ރޭންކިންގެ 7ވަނަ ޔަގީންކޮށްފައެވެ. ދެޓީމު އެއްވަރުވުމުން މިމެޗުގެ ނަތީޖާ ނެރެފަވަނީ ޝޫޓްއައުޓުންނެވެ. ވާދަވެރިކޮށް ދިޔަ ޝޫޓްއައުޓުން ރާއްޖޭގެ ޓީމު މޮޅުހޯދާފަވަނީ 9-8ގެ ނަތީޖާއަކުންނެވެ.
ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ކުރިއަށްދިޔައީ އޮމާންގެ ވެރިރަށް މަސްކަޓުގައި މިމަހުގެ 6އިން 15އަށެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނުނީ އޮމާން، ސައުދީ އަރަބިއްޔާ، ހޮންކޮންގ އާއި އެކު ގުރޫޕް އޭގައެވެ. މި މުބާރާތުގައި ދެން ވާދަކުރި ގައުމުތަކަކީ ގުރޫޕްބީގައި ހިމެނޭ އީރާން، ފިލިޕީންސް، ޖޯޑަން، ޕާކިސްތާން އަދި އިންޑިއާއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އީރާންއާ ވާދަކޮށް އޮމާނުންނެވެ.