ޚަބަރު

ގިނަ އަދަދެއްގެ ފައިސާއާއި، ކިލޯއެއްގެ މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ މާލެ، ގ.ޖޫތީގެ ޙަސަން ނަޒީޙް (32އ)

  • ޙަސަން ނަޒީޙް 10 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވޭ

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔާފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖްނސަށް ލިބުނު މައޫލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ.ޖޫތީގެ ޙަސަން ނަޒީޙް (32އ) އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށް ވުރެ ގިނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ހަސަން ނަޒީހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.