ކުޅިވަރު

ޑޯޓްމުންޑް ބަލިކޮށް ލިވަޕޫލް ސެމީ ފައިނަލަށް


މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާއެކު ބޮރޫޝީއާ ޑޯޓްމުންޑް ބަލިކޮށް، ޔޫރޮޕާ ލީގުގެސެމީ ފައިނަލުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. 

ޔޫރޮޕާ ލީގްގެ ކުއާޓާރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އެންފީލްޑް ދަނޑުގައި ކުޅުނު މެޗް ލިވަޕޫލް ކާމިޔާބުކުރީ ހަތަރެއް ތިނަކުންނެވެ. ފުރަތަމަ ލެގުގެ މެޗް އެކެއް އެކަކުން އެއްވަރުވެފައިވުމުން ލިވަޕޫލަށް ސެމީ ފައިނަލުން ޖާގަ ލިބުނީ ދެ ލެގުގެ ނަތީޖާއަށް ބަލައި ފަހެއް ހަތަރެއްގެ އެގްރިގޭޓުންނެވެ. 

ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ލީޑް ނެގީ ބޮރޫޝީޔާޑޯޓްމުންޑުންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭގައި މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ ހެންރިކް މިޚްތަރިޔަން އަދި ޕިއޭ އެމްރިކް އައުބަމަޔަންގއެވެ. ދެވަނަހާފްގެ ކުރީކޮޅު ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ޑިވޮކް އޮރިގީއެވެ. އެހެންނަމަވެސް ޑޯޓްމުންޑްގެ މާކޯ ރިއުސް ގޯލެއް ޖަހައި އެޓީމްގެ ލީޑް އިތުރަށް ފުޅާކުރިއެވެ. 

ލިވަޕޫލުން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަކުރީ ފިލިޕް ކުޓީނިއޯ އަދި މަމަދޫ ސަޚޯ ޖަހައިދިން ދެ ގޯލުންނެވެ. ތިނެއް ތިނަކުން މެޗް ނިމެންދަނިކޮށް ޑޯޓްމުންޑްގެ ސަޕޯޓަރުން ރޮއްވާލައި މެޗުން ލިވަޕޫލް މޮޅުވި ލަނޑުޖަހައިދިނީ ޑިފެންޑަރ ޑެޚާން ލޮވްރެންއެވެ. 

ލިވަޕޫލްގެ އިތުރުން ރޭގެ މެޗުތަކަށްފަހު ޔޫރޮޕާ ލީގް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އަނެއް ތިން ޓީމަކީ ޝަކްތަރު ޑޮނެސްކް، ވިޔަރެއާލް އަދި އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާއެވެ.