ޚަބަރު

ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ޢާޒިމާ ޕާކިސްތާނަށް


ދިވެހިރާއްޖެއާއި ޕާކިސްތާނާ ދޭތެރޭ އޮންނަ ސިޔާސީ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ. އެކަމަނާގެ މި ދަތުރުފުޅުގައި، ޕާކިސްތާނު ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢްލޫމާތު ދެއްވައެވެ.