ސިއްހަތު

ލޭ ހޯދުމަށް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި




ކޮންމެ ޤަޢުމެއްގައި
ހުރެގެންވެސް ލޭ ހޯދޭނެ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.



"ބްލަޑް
އެނީވެއަރ"ގެ ނަމުގައި ޑިވެލޮޕްކުރި މިއެޕްލިކޭޝަން ތަޢާރަފްކުރީ
ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ
ކޭމްޕްގެ ތެރެއިން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަމީލާއެވެ. މި ސޮފްޓްވެެއަރ އަކީ
ސައިރިކްސް ކޮލެޖް އިން މިއަހަރު އައިޓީ ދާއިރާއިން ޑިގްރީ ނިންމި ދެ ދަރިވަރުން ކަމަށްވާ
އަހުމަދު އަދުނާން އާއި އަބްދުﷲ ފަރީޒް ކޯހުގެ އެންމެ ފަހު އަހަރުގެ
ޕްރޮޖެކްޓެއްގެ ގޮތުގައި ޑިވެލޮޕްކުރި ސޮފްޓްވެއަރ އެކެވެ.



ޕީއެސްއެމް އާއި
ވާހަކަދައްކަމުން މިސޮފްޓްވެއަރ ޑިވެލޮޕްކުރި އަހުމަދު އަދުނާން ބުނީ މިއީ ލޭހަދިޔާކުރަން
ބޭނުންވާ ފަރާތްތަކަށާއި ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ހޯދޭނެ އެޕްލިކޭޝަނެއްކަމަށެވެ. އަބްދުﷲ ފަރީޒް ބުނީ
މި އެޕް އިން ލޭ ދޭން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމުން ލޭ ހޯދަން ބޭނުންވާ
މީހާއަށް އެ ނޮޓިފިކޭޝަން ދާނެކަމަށެވެ. އަދި މިއެޕްގައި ބޭނުންކުރާ މީހާގެ ޕްރައިވަސީ
އާއި މެދު ވަރަށްބޮޑަށް ބަލާފައިވާނެކަމަށެވެ.

ސައިރިކްސް
ކޮލެޖްގެ ވައިސް ރެކްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ ކުރިއަށް އޮތްތާނގައި
މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިގެން މި އެޕް އިތުރަށް ތަރައްޤީކޮށް
ރަސްމީކޮށް އެފަރާތާއި ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ. މި އެޕް
ބޭނުން ކުރުމަށް ފުރިހަމަ ނަމާއި ފޯން ނަމްބަރާއި އުމުރު ޖަހާފައި ރަޖިސްޓްރީ
ވާންޖެހެއެވެ. މިއެޕް މިހާރު
ގޫގަލް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެކަމަށާއި، އަދި ކުރިއަށްއޮތް 2 ހަފްތާއެއްހާ
ދުވަހުގެ ތެރޭގައި އެޕް ސްޓޯރ އިންވެސް މިއެޕް ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެޕްލިކޭޝަން ޑިވެލޮޕްކުރި ފަރާތުން މަޢުލޫމާތުދެއެވެ.