ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕުގެ ކޮލިފައިން ގުރޫޕް ބީގެ އަޔަލޭންޑް މޮޅުވެ އެޓީމުގެ އާކޯޗު ސްޓެފަން ކެނީ ފުރަތަމަ މޮޅެއް ހޯދައިފިއެވެ.
ބަކޫގައި ކުޅުނު މެޗުން އަޔަލޭންޑް މޮޅުވީ އަޒަރުބައިޖާން އަތުން 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެލަނޑު އަޔަލޭންޑް އަށް ކާމިޔާބުކޮށްދިނީ ކްލަމް ރޮބިންސަންއެވެ. ފަހު ލަނޑު މެޗުގެ އިތުރުގައި ވަގުތު ކާމިޔާބުކުރީ ޗީޑޯޒީ އޮގެބެނީއެވެ. އުމުރުން 26 އަހަރުގެ ރޮބިންސަން ރޭ ދެލަނޑު ކާމިޔާބުކުރި އިރު އޭނާ ވަނީ ދެފަހަރަށް މީގެ ކުރިން ކޮވިޑަށް ޕޮޒެޓިވްވެފައެވެ. އަދި އޭނާ ގައުމީ ޓީމު ތަމްސީލް ކުރަމުންދަނީ ކޮވިޑް ވެކްސިން ފުރިހަމަ ނުކޮށެވެ. އަޔަލެންޑްގެ އެކި ކުޅިވަރުތަކުގައި ގައުމު ތަމްސީލްކުރާ ކުޅުންތެރިން ކޮވިޑް ވެކްސިން ޖެހުމާމެދު އެގައުމުގައި ވަނީ ބޮޑު ބަހުސަކަށް ގޮސްފައެވެ.
ރޭގައި މި ގުރޫޕްގައި ސާބިޔާ ވަނީ ލަގްޒަންބާގް އަތުން 1-0 ލަނޑުން މޮޅުވެފައެވެ. ރޭ ސާބިޔާއިން ހޯދި މޮޅާއެކު ޕޯޗުގަލްއަށް ވުރެ އެއްޕޮއިންޓު އިތުރަށް ހޯދައިގެން 14 ޕޮއިންޓާއެކު ވަނީ ގުރޫޕުގެ އެއްވަނައަށް ކުރިޔަށް ޖެހިލާފައެވެ. ޕޯޗުގަލް ދެވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ. ލަގްޒަންބާގަށް 6 ޕޮއިންޓު ލިބޭއިރު ރޭގެ މޮޅުވި އިރު އަޒަރުބައިޖާން ގުރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކުއެވެ.