ކުޅިވަރު

ނޯވިޗް އަތުން ލެސްޓާއަށް އުނދަގޫ މޮޅެއް


އިނގިރޭސި ލީގުގައި ނޯވިޗް ސީޓީ އަތުން ލެސްޓާ ސިޓީ އުނދަގޫ މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި ކުޅުނު ލެސްޓާ އަށް ކުރި ލިބުނީ 2-1 ލަނޑުންނެވެ.

މެޗުގެ 8 ވަނަ މިނިޓުގައި ލެސްޓާގެ ކެޕްޓަން ޖިމީ ވާޑީގެ ލަނޑުން ކުރި ހޯދާފައިވަނިކޮށް ނޯވިޗް އިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން މިނިޓެކަށް ވެފައިވަނިކޮށް ތިމޫ ޕުއްކި ޕެނެލްޓީއަކުން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުން ލެސްޓާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކް އަލްބްރިޓަންއެވެ. މިއީ ފާއިތުވެދިޔަ ތިންއަހަރުގެ ތެރޭގައި އޭނާ ލެސްޓާއަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. އޭގެފަހުން ނޯވިޗް މެކްލީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އެލަނޑު ޖެހުމުގެ ކުރިން އޮފްސައިޑްގައި ހުރުމުން ލަނޑުވަނީ ބަލައި ނުގަނެފައެވެ.

މި ސީޒަންގައި ލީގުގައި ކުޅުނު ތިން މެޗުން ބަލިވި ނޯވިޗް މިވަގުތު ތާވަލުގައި ފުލުގައި އޮތީ އެންމެ ފުލުގަވާ އާސެނަލްއަށް ވުރެ މަތިން ފުލުން ދެވަނައިގައެވެ.