ޚަބަރު

ޑިފެންސް މިނސިްޓަރގެ އަރިހަށް އިންޑިއާ ސަފީޒު ޒިޔާރަތްކުރެއްވުން


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އަރިހަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައިކަމިޝަނަރ ރަޖީވް ޝަހާރޭ އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.މި ޒިޔާރަތުގައި ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ މައްޗަށާއި އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.ޑިފެންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.