ޚަބަރު

މުއްދަތު ހަމަވިއިރު ގިނަފަރާތްތަކަކުން އެކްސްޕޯގައި ބައިވެރިވި


އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދު ހަމަވި
އިރު ހީކުރިވަރަށްވުރެ ގިނަ ފަރާތްތަކަކުން އެކްސްޕޯގައި ބައިވެރިވެފައިވާކަމަށް
މައުރަޒު އޮފީހުން ވިދާޅުވެއްޖެއެވެ.



އެކްސްޕޯ މޯލްޑިވްސް 2015އިގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވިނަމަވެސް އެކްސްޕޯގައި
ބައިވެރިވި ފަރާތްތަކަށް، ތަކެތި ހުށައެޅުމުގެ ފުރުސަތު މިމަހުގެ
5 ވަނަ ދުވަހާއި ހަމައަށް ހުޅުވިފައި އޮންނާނެއެވެ. މައުރަޒުގައި
މައުރަޒު އޮފީހުން ވިދާޅުވީ ރަށްރަށުން ތަކެތި ގެންނަ ފަރާތްތަކުންވެސް އެންމެ
ލަސްވެގެން އެ ދުވަހަށް ތަކެތި ހުށައަޅަންޖެހެއެވެ.

މައުރަޒުގައި
ބައިވެރިކުރާ ބައެއް ތަކެތި ދަރުބާރުގޭގައި ހުންނަ މައުރަޒު އޮފީހަށް މިހާރުވެސް
ގެންގޮސްފައިވާއިރު އެކި އަތޮޅުތަކުން ގިނަ އަދަދެއްގެ ތަކެތި ކުރިޔަށް
މިއޮތްދުވަސްތަކުގައިވެސް މާލެގެންނާނެ ކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއެވެ.



އެކްސްޕޯ މޯލްޑިވްސް 2015ގެ ޗެއާމަން
އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ
ތަކެތި މާލެ ފޮނުވުމުގައި އެތަކެއްޗަށް ގެއްލުންނުލިބޭނެހެން ޕެކްކުރުމަށްފަހު އަދި
ފޮނުވާއިރު މީހެއްގެ ހަވާލުގައި ތަކެތި ފޮނުވައިދިނުމަށް އެދޭކަމަށެވެ.



މައުރަޒުގައި ތަކެތި
ބައިވެރިކުރާ 65 ގިންތީގެ އިތުރުން ޘަޤާފީ ކުޅިވަރުތަކުގެ ބައި
ޖަޖްކުރުމަށް ހަމަޖެހިފައިވަނީ އެބަޔަކު ތިބިރަށަކަށް ނުވަތަ ތަނަކަށް ކަނޑައެޅޭ
ތާރީޚެއްގައި މައުރަޒުގެ ޖަޖުން ގޮސްގެންކަމަށާ އަދި މީގެ ތެރެއިން ވަނަތަކަށް ހޮވޭ
ފަރާތްތަކަށް މައުރަޒުގައި އެކުޅިވަރުތައް ދައްކާލުމުގެ ފުރުޞަތު ދެވޭނެކަމަށް
މައުރަޒު އޮފީހުންމަޢުލޫމާތުދެއެވެ. އަދި އޮޑިދޯނި ފަހަރުގެ ބައިގައިވެސް
ކަނޑައެޅޭ ތާރީޚަކަށް ބަނދަރުގެ ކަނޑައަޅާ ތަނެއްގައި އެ އޮޑިއެއް ބާއްވައިގެން
ޖަޖްކުރުމުގެ ކަންކަން ކުރިޔަށްދާނެކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއެވެ.



މައުރަޒުގައި
ބައިވެރިކޮށް ޑިސްޕްލޭކުރާ ތަކެތި މިމަހުގެ ފަސްވަނަ ދުވަހާއި ހަމައަށް
ހުށައަޅަންޖެހޭއިރު ސްޓޯލްތަކުގައި ވިއްކަންގެންނަ ތަކެތި އެމުއްދަތުގައި ގެންނަން
ނުޖެހޭނެކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއެވެ.

މައުރަޒު އޮފީހުން  ސްޓޯލްތައް ހަދާނިންމުމަށްފަހު މިމަހުގެ 20
ފެށިގެން ސްޓޯލްތަކުގައި ތަކެތިގެނެސް ޑިސްޕްލޭކުރުމަށް ފުރުޞަތުދެވޭނެކަމަށް
މައުރަޒު އޮފީހުން މަޢުލޫމަތުދެއެވެ.



އެކްސްޕޯގެ ޗެއާމަން
އަބްދުﷲ މުޙައްމަދު ވިދާޅުވީ އެކްސްޕޯގެ މަޤްޞަދަކީ މައުރަޒުގައި ތަކެތި ބައިވެރިކުރާ
ކޮންމެފަރާތަކީ ވިޔަފާރިވެޔަކަށް ހެދުންކަމަށްވާތީ ހުށައަޅާ ތަކެއްޗަކީ މާކެޓަބަލް
ތަކެއްޗަށްވުން މުހިންމުކަމަށެވެ.



މިމަހުގެ 22
ވަނަދުވަހުގެ ރޭ އެކްސްޕޯ މޯލްޑިވްސް ދެހާސްފަނަރައިގެ ނަޠީޖާ ފާޅުކުރުމަށް
ހަމަޖެހިފައިވާއިރު، އާންމުންނަށް މައުރަޒު ހުޅުވިފައި އޮންނާނީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް ކަމަށް މައުރަޒު އޮފީހުން
މަޢުލޫމާތުދެއެވެ.