ސިޔާސީ

ރިޟްވާން ގެއްލުނު މައްސަލައިގައި އަދީބާ ސުވާލުކުރަނީ


މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާ ސުވާލުކުރަމުންދާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ރަސްމީ ޓްވިޓަރގައި ވާގޮތުން ރައީސަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު އަދީބާ މިމައްސަލައިގައި ސުވާލުކުރަމުންދާކަމަށް ހޯމް މިނިސްޓަރ ވިދާޅުފަވެއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.އަޙުމަދު އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙްޤީޤް ފެށުމާއެކު އަދީބާ ގުޅުންހުރި އިތުރު މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެމް.އެމް.ޕީ.އާރު.ސީ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުވެސް އަދީބުގެ މައްޗަށް ވަނީ ކުރެވިފައެވެ.