އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ޕީއެސްއައިޕީގެ ދަށުން މަޝްރޫޢުތައް ހިމެނުއްވުމުގައި ބައްލަވާފައި ވާނީ ބަޖެޓް ހަމަހަމަ އުޞޫލަކަށް ކަމަށް ފިނޭންސް މިނިސްޓާރ ޢަބްދުﷲ ޖިހާދް ވިދާޅުވެއްޖެއެވެ.އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ދިރާސާކުރައްވާ ކޮމެޓީގެ، މެމްބަރުން ކުރިމަތި ކުރެއްވި ބައެއް ސުވާލަތަކަށް ޖަވާބް ދެއްވަމުން ޖިހާދް ވިދާޅުވީ ބަޖެޓްގައި ޕީއެސްއައިޕީ އެކުލަވާލާފައިވާނީ އާ މަސްރޫޢުތަކެއް ފެށުމުގެ ބަދަލުގައި މިހާރު ހިނގަމުންދާ މަޝްރޫއުތައް ނިންމުމަށްކަމަށެވެ. މިގޮތުން ވަރަށް މުހިއްމު މަޝްރޫއެއް ނޫނީ އަލަށް ފެށުމަށް ބަޖެޓްގައި ހިމަނާފައިނުވާނޭކަމަށްވެސް ޖިހާދް ވިދާޅުވިއެވެ.ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އާމްދަނީ ލިބޭ މިންވަރުން ބަޖެޓްގައި މަޝްރޫއުތައް ހިމަނައިގެން ކުރިޔަށް ގެންގޮސް ބަޖެޓް ބެލެންސްކުރުންކަމަށްވެސް ފިނޭންސް މިނިސްޓާރ އަބްދުﷲ ޖިހާދް ވިދާޅުވިއެވެ.އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީގެ މަޝްރޫއުތަކާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖްލީހުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމެޓީއަށް ދެއްވަމުން ފިނޭންސް މިނިސްޓަރ ޖިހާދް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯރޓް ބޮޑު ކުކުރުމުގެ މަޝްރޫއުކަމަށެވެ. މި ގޮތުން އެ މަޝްރޫއަށް އެއްބިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށް ޖިހާދް ވިދާޅުވިއެވެ.މީގެއިތުރުން ހުޅުމާލެ މާލެ ބްރިޖްގެ މަޝްރޫއަށް އަށްސަތޭކަ ފަންސާސް ދެމިލަޔަން އާއި ހުޅުމާލެ ފޭސް ދެއަކަށް ދުއިސައްތަ މިލިޔަން ކަނޑައަޅާފައިވާކަމަށްވެސް ޖިހާދް ވިދާޅުވިއެވެ.