ގްރޭޓަރ މާލެ ސަރަހައްދުގައި ސާމްޕަލް ނަގާ ގަޑިތަކާއި ފްލޫ ކްލިނިކް ހުޅުވާ ގަޑިތަކަށް އެޗްޕީއޭއިން ބަދަލުގެނެސްފިއެވެ.
އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުން މާލެ ސަރަހައްދުގައި ހުރި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ތެރެއިން މާލެހިޔާ 2، ފުރަގަހުގައި ހުންނަ ސެންޓަރުން ސާމްޕަލް ނަގާ ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00އަށް، ހަވީރު 15:30 އިން 17:15 އަށް، ރޭގަނޑު 19:30އިން 21:00އަށެވެ. ހުކުރު ދުވަހު ސާމްޕަލް ނަގާދޭނީ ހަވީރު 15:30އިން 17:15 އަށް އަދި ރޭގަނޑު 19:30އިން 21:00އަށެވެ.
ފްލޫ ކްލިނިކް ހުޅުވާފަ ހުންނަ ގަޑިތަކަށް ގެނައި ބަދަލާއެކު ސެނެހިޔާ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 13:00އަށް އަދި ރޭގަނޑު 21:00 އިން 00:00އަށެވެ. ހުޅުމާލެ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 17:30އަށް އަދި ރޭގަނޑު 19:00 އިން 21:00އަށެވެ. އަދި ވިލިމާލޭ ފްލޫ ކްލިނިކުން ޚިދުމަތްދޭނީ ކޮންމެ ދުވަހަކުވެސް 11:00 އިން 14:00އަށެވެ.
ހުޅުމާލޭ ފްލޫ ކްލުނިކުން ސާމްޕަލް ނަގާ ދޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 15:30އިން 17:15އަށް އަދި ރޭގަނޑު 19:30އިން 21:00 އށެވެ. ވިލމާލޭ ފްލޫ ކްލިނިކުން ސާމްޕަލް ނަގާދޭނީ ކޮންމެ ދުވަހަކު ހަވީރު 15:00އިން 16:30 އަށެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19ގެ ފެތުރެމުންދާ މި ދަނޑުވަޅުގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކްތަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވައެވެ.