ކުޅިވަރު

ޑޮންނަރޫމާގެ ގެއިން ވައްކަން ކުރި ދެ މީހުން ޖަލަށް


މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އިޓަލީގެ ޖިއަން ލުއިޖީ ޑޮންނަރޫމާ ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު އޭނާގެ ލޫޓުވައި ވައްކަންކުރި މީހުންތައް ހޯދައި އެ މީހުން ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ފްރާންސްގެ ކޯޓުން މި މައްސަލަ ބަލައި ނިންމާފައިވަނީ މި ކަމުގައި އެންމެ އިސްމީހަކަށް އުޅުނު އިލްޔާސް ބޯޗް ނުވަ އަހަރަށް ޖަލަށްލައި 92ހާސް ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި ދެ ވަނަ މީހާ މޮހްތާރު ފަސް އަހަރަށް ޖަލަށްލައި މީގެ ތެރެއިން ދެ އަހަރު ޕްރިލިމިނަރީ އަދަބެއްގެ ގޮތުގައި މައާފް ކޮށްދިނުމަށެވެ. މިކަމުގައި ބައިވެރިވި 10 މީހުންގެ ގްރޫޕުގެ ތިން ވަނަ މީހަކު ވެސް ވަނީ ޖަލުގައި ބަންދު ކުރަން ނިންމައިފަ އެވެ.

އުމުރުން 27 އަހަރުގެ ޑޮންނަރޫމާ އާއި އޭނާގެ އަންހެނުންނަށް ވަޅިން ބިރު ދައްކައި 2023 ވަނަ އަހަރި އެ ގެއިން މި މީހުން ވަނީ 1.1 މިލިއަން ޔޫރޯގެ އަގުހުރި ތަކެތި ވަގަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި އަގުބޮޑު ގަހަނާ އާއި ފައިސާ އާއި އަތުކުރީ ގަޑި އާއި ލަގްޒަރީ ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

މި ހާދިސާގައި އެންމެ ދެރަކަމަށް ދިމާވީ އޭރުގެ ޑޮންނަރޫމާގެ އަންހެނުން ބަލިވެ އިން ނަމަވެސް ވަގުންގެ އަތްދަށުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ވެއްޓި ބައިގެން ދިއުމެވެ.

ޑޮންނަރޫމާ ޕީއެސްޖީ ދޫކޮށް އިނގްލޭންޑަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ.