އިންޑިޔާގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެން ފެށުމުން އިންޑިޔާގެ ނާޒުކު ޞިއްޙީ ނިޒާމަށް ބުރަ ބޮޑުވެ ހިފަހައްޓާނުލެވިދާނެކަމުގެ ކަންބޮޑުވުންތައް އޮތެވެ. ނަމަވެސް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށަށް ދާން ފަށައިފައެވެ. އެ ޤައުމުގައި މީގެ ކުރިން ދުވާލެއްގެ މައްޗަށް 100،000 މީހުންނަށް ބަލިޖެހެމުންދިޔަ ނަމަވެސް މިހާރު ބަލިޖެހެމުންދަނީ ދުވާލަކު 11،000 އެއްހާ މީހުންނެވެ. ބަލިޖެހޭ މީހުންގެ ޢަދަދަށް އެހާ ބޮޑު ބަދަލެއް އައިސްފައިވުމުން ޞިއްޙީ މާހިރުންނަށްވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
ކަމާއިބެހޭ މާހިރުން ޤަބޫލުކުރާގޮތުގައި އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް ދަށަށްގޮސްފައިވާ ސަބަބެއްކަމުގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ހަރޑް އިމިއުނިޓީ ޤާއިމްވެފައިވުން އެކަށީގެންވެއެވެ. ނުވަތަ އިންޑިޔާގެ މީހުންނަށް އެމީހުން ބަލިން ރައްކާތެރިކޮށްދޭ ކޮންމެވެސް އެހެން ސިފައެއް ލިބިފައިވުމަކީ އެކަށީގެންވާކަމެއް ކަމުގައިވެސް މާހިރުން ބުނެއެވެ. އިންޑިޔާގެ ސަރުކާރުން ބުނީ ބޮޑެތި ޖޫރިމަނާތަކެއް ތައާރަފްކޮށް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކުރުމުން ބަލި ޖެހޭ މީހުންގެ ޢަދަދަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް މުޅިއަކު 1 ބިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 2.4 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އިންޑިޔާގައި މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 155،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެފައެވެ. އިންޑިޔާގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދަށް އެހާ ބޮޑު ބަދަލެއް އައިސްފައިވާ ސަބަބު ދެނެގަނެވިއްޖެނަމަ އެ ޤައުމުގައި ބަލި ފެތުރުން އިތުރަށް ކޮންޓްރޯލް ކުރުމަށް އިންޑިޔާގެ ސަރުކާރަށް އެހީއަކަށް ވާނެކަމަށް މާހިރުން ބުނެއެވެ.
އެހެން ޤައުމުތަކެކޭ އެއްގޮތަށް އިންޑިޔާގައި ކޯވިޑް ޖެހިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ޢަދަދު ގުނުމުގައި މިހާރުގެ ޢަދަދުތަކާއި އަސްލު އަދަދުތަކާއި ތަފާތުތަކެއް ހުކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެ ޤައުމުގައި ކޯވިޑް ޖެހިގެން މަރުވާ މީހެއްކަމުގައި ބަލާ އުސޫލުތަކާއި މެދުވެސްވަނީ ސުވާލު އުފެދިފައެވެ.
އެހެންނަމަވެސް ފާއިތުވި ހަފުތާތަކުގައި އިންޑިޔާގެ ހަސްފަތާލުތަކަށް ކުރާ ބާރު ކުޑަވެފައިވާކަމަކީ އެ ޤައުމުގައި ބަލި ފެތުރޭ ދުވެލި މަޑުވާން ފަށާފައިވާކަމުގެ ނިޝާނެކެވެ. މިދިޔަ ނޮވެމްބަރު މަހާއި ހަމައަށް އިންޑިޔާގައި ނުވަ މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވާއިރު، އެ ދުވަސްވަރު ނިއު ދިއްލީގެ ހަސްފަތާލުތަކުގެ އައިސީޔޫ އެނދުތަކުގެ 90 އިންސައްތަ ހުރީ ފުރިފައެވެ. ނަމަވެސް އެ ނިސްބަތް މިހާރު ހުރީ 16 އިންސައްތައިގައެވެ.
ކޯވިޑާއި ދެކޮޅަށް އިންޑިޔާއިން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ އެ ޤައުމުގައި ކޯވިޑާއި ދެކޮޅަށް ދެމުންދާ ވެކްސިންކަމުގައި ބުނެވޭކަށް ނެތެވެ. އޭގެ ސަބަބަކީ އިންޑިޔާގައި އާންމުންނަށް ވެކްސިން ދޭން ފަށައިފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށްވުމެވެ. އޭގެ ހަތަރު މަސް ކުރިން ފެށިގެން އެ ޤައުމުގެ ޙާލަތުދަނީ ރަނގަޅުވަމުންނެވެ.
އިންޑިޔާގައި ވެކްސިން ދޭ މީހުންގެ ޢަދަދު އިތުރުވަމުންދާވަރަކަށް އެ ޤައުމުގެ ޙާލަތު އަދި މިހާރަށްވުރެވެސް ރަނގަޅުވާނެކަމަށް ބެލެވެއެވެ. ނަމަވެސް މާހިރުންވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެނިފައިވާ ވާރުތަވުމުގެ ބާރުގަދަ ވައިރަހުގެ އައު ވައްތަރުތަކާއިމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ.
އިންޑިޔާގެ ޙާލަތު ރަނގަޅުވެފައިވާ ސަބަބެއްކަމުގައި ބެލެވޭ އެއް ކަމަކީ އިންޑިޔާގެ ބައެއް ބޮޑެތި ސަރަޙައްދުތަކުގައި ހަރޑް އިމިއުނިޓީ ޤާއިމްވެފައިވުން ކަމުގައިވުން އެކަށީގެންވެއެވެ. ހަރޑް އިމިއުނިޓީއަކީ އެއް ސަރަޙައްދެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަކި ޢަދަދެއްގެ މީހުންނަށް ބަލި ޖެހުމުން ނުވަތަ ވެކްސިން ދިނުމުން އެ ސަރަޙައްދުގައި ދިރިއުޅޭ އެހެން މީހުން ބަލިން ރައްކާތެރިކޮށްދޭ ދިނުމެވެ.
މާހިރުން ބުނީ ބައެއް ސަރަޙައްދުތަކުގައި ބަލިފެތުރުން ދަށަށް ގޮސްފައިވާ ސަބަބަކީ ހަރޑް އިމިއުނިޓީ ކަމުގައި ވިނަމަވެސް ބަލީގެ ނުރައްކާ މުޅި އާބާދީއަށް އަދިވެސް އޮތްކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބެންޖެހޭނެކަމަށް ބުނެފައެވެ.
ކޯވިޑް ޖެހި ރަނގަޅުވުމުން ހަށިގަނޑުގައި އުފެދޭ އެނޓިބޮޑީ އިންޑިޔާގެ އާބާދީގެ ތެރެއިން ހުރި މީހުން ބެލުމަށް ސްކްރީން ކުރުމުން އިންޑިޔާގެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކުގެ ހަށިގަނޑުގައި، ނުވަތަ 270 މިލިއަން މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރިކަމަށްވަނީ ދައްކާފައެވެ. އެ ދިރާސާކޮށްފައިވަނީ އެ ޤައުމުގައި ވެކްސިން ދޭން ފެށުމުގެ ކުރިންނެވެ. އެ ޢަދަދަކީ ހަރޑް އިމިއުނިޓީ ޤާއިމްކުރުމަށް ބޭނުންވާކަމަށް ބެލެވޭ އާބާދީގެ 70 އިންސައްތައަށްވުރެ މާ ދަށް ޢަދަދެކެވެ. އެ ނިސްބަތަކީ އަދި ޔަޤީން ނިސްބަތެއްވެސް ނޫނެވެ.
ނަމަވެސް އެ ދިރާސާގެ ސަބަބުން އިންޑިޔާގައި ބަލިފެތުރޭ މިންވަރު ދަށަށްދާ ސަބަބާއި ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ ޚިޔާލެއްވަނީ ލިބިފައެވެ. އެގޮތުން އިންޑިޔާގެ އަވަށްތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދަށްވުރެ ސިޓީތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު ގިނަ ކަމަށާއި، ރަށްފުށު އެކަހެރި ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރު ލަސްކަމަށްވެސްވަނީ ފާހަގަވެފައެވެ.
އިންޑިޔާގެ ގިނަ ޢަދަދެއްގެ މީހުންނަކީ އެމީހުންގެ ހަޔާތުގެ އެކި ހިސާބުތަކުގައި ކޮލެރާ، ޓައިފޮއިޑު އަދި ޓީބީ ފަދަ ބަލިތަކަށް ހުށަހެޅިފައިވާ މީހުންނެވެ. އޭގެ ސަބަބުން ހަށިގަނޑު އައު ވައިރަހެއް ތަޢާރަފްވުމުން އެފަދަ ވައިރަހަކާއި ދެކޮޅަށް ދިފާޢީ ނިޒާމު ވަރުގަދަވެ ހަށިގަނޑުން ދިފާޢީ މަސައްކަތް އިތުރުކުރުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން ހަރޑް އިމިއުނިޓީގެ އިތުރުން މިފަދަ އެތައް ސިފަތަކެއް އެކުވެގެން އިންޑިޔާގެ ޙާލަތު ރަނގަޅުވުމަކީ ގާތް ކަމެއްކަމަށް މާހިރުން ޤަބޫލުކުރެއެވެ.