އދގެ ސެކިއުރިޓީ ކައުންސިލްގެ
ފަލަސްތީނާ މެދުއިރުމަތީގެ މައްސަލައާގުޅޭ ބައްދަލުވުމެއްގައި
ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އެމެރިކާގެ
ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް އދއިން
ދޭންޖެހޭ އެއްބާރުލުން ދިނުމާގުޅޭގޮތުންނާއި، ފަލަސްތީނުގެ މައްސަލަ
ހައްލުކުރުމާމެދު މިބައްދަލުވުމުގައި ސެކިއުރިޓީ ކައުންސިލްގެ ފޮރިން
މިނިސްޓަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ވަނީ ހަމެޖެހިފައެވެ.
މިމައްސަލައިގައި
ރާއްޖޭގެ ސްޓޭންޑް ހާމަކުރައްވާ ޚާއްސަ ސްޓޭޓްމެންޓެއް މިބައްދަލުވުމުގެ ތެރޭގައި ދެއްވުމަށްވެސް ވަނީ
ހަމަޖެހިފައެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ރާއްޖެއިން
ތާއީދު ކުރާކަން މިބައްދަލުވުމުގައި ސެކިއުރިޓީ ކައުންސިލްގައި ދަންނަވާނެކަމަށް
ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މާދަމާ އޮންނަ މިބައްދަލުވުން ޗެއަރ ކުރައްވާނީ
ސްޕެއިންގެ ފޮރިން މިނިސްޓަރ ޖޯސް މެނުއެލްއެވެ.