ޚަބަރު

ކޯވިޑް-19 : ބިލަބޮންގްގެ 4 ދަރިވަރަކު ޕޮޒިޓިވްވެއްޖެ


ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރެއްވި ގޮތުގައި ބިލަބޮންގްއިން ޕޮޒިޓިވްވި 4 ދަރިވަރުންވެސް ސްކޫލަށް ހާޒިރުވެފައި ނުވާކަމަށެވެ. ވުމާއެކު އެ ސްކޫލުގެ އެހެން އެއްވެސް ދަރިވަރަކުވެސް އަދި މުވައްޒަފަކުވެސް މިކޭސްތަކާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ބިލަބޮންގްގެ ދަރިވަރުންތަކެއް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އަމީނިއްޔާ ސްކޫލުގެ ޓީޗަރަކުވެސް ވަނީ މިމަހުގެ 13ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއާގުޅިގެން ކޮންޓެކްޓްވި ޓީޗަރުންތަކެއް ވަނީ ކަރަންޓީނުވެސްކޮށްފައެވެ. އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވި ޓީޗަރާއި ކޮންޓެކްޓުވި އެހެން ޓީޗަރުން އޭނާއާ ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަމަށްވާތީ އެ ސްކޫލުގެ އެއްވެސް އިތުރު ދަރިވަރަކުވެސް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭނެކަމަށް އެޗްއީއޯސީން ވިދާޅުވެފައިވެއެވެ.