އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މަޢުލޫމާތުދެއްވި ގޮތުގައި އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވެފައިވަނީ އެސްކޫލްގެ ގްރޭޑް 3ގެ ޓީޗަރެކެވެ. ޕޮޒިޓިވްވި ޓިޗަރުގެ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އިތުރު ޓީޗަރުންތަކެއްވަނީ ކަރަަންޓީން ކުރެވިފައެވެ.
އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވީ ޓީޗަރާއި ކޮންޓެކްޓުވި ޓީޗަރުން އޭނާއާ ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަމަށާއި ސްކޫލްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާތީ އެއްވެސް ދަރިވަރަކު ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.