ޚަބަރު

ކޯވިޑް-19 : އިތުރު 8 މީހުންނާއިއެކު މިހާތަނަށް ދެއްވަދޫން 24 މީހުން ޕޮޒިޓިވް


ދެއްވަދޫން އިތުރު 8 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު ދެއްވަދޫން މުޅި ޖުމްލަ 24 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ދެއްވަދޫގައި ތިބި ކޯވިޑް-19އިގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 ކަމަށް ދެއްވަދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ.

ދެއްވަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.