އިނގިރޭސި ލީގުގައި ރެލިގޭޝަން ޒޯނާ ގާތުގައިވާ އާސެނަލްއިން ޗެލްސީ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލްއިން ކުރިހޯދީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އާސެނަލްއަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އެލްކެސްސެންޑަރ ލަކަޒޭޓްއެވެ. މިއީ ލަކަޒޭޓް މި ސީޒަންގައި އާސެނަލްއަށް ޖަހައިދިން 6 ވަނަ ލަނޑެވެ. ދެވަނަ ލަނޑު ހިތްގައިމު ހިލޭޖެހެމަކުން ގްރޭނިޓް ޒަހާ ކާމިޔާބުކޮށްދިން އިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ.
ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޓަމީ އަބްރަހަމްއެވެ. މި ލަނޑަށްފަހު މެޗު އިތުރުވަގުތުގެ ތެރޭގައި ޗެލްސީއަށް ލިބުނު ޕެނެލްޓީއެއް އެޓީމަށް ވަނީ ކާމިޔާބުކުރޭވޭ ގޮތް ނުވެފައެވެ. ޖޯގީނިއޯ ފޮނުވާލި ޕެނެލްޓީ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފައެވެ. ޖޯގީނިއޯ ވެފައިވަނީ އެއްސީޒަނެއްގެ ދެ ޕެނެލްޓީ ކާމިޔާބުނުކުރެވުނު ޗެލްސީގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ އެންމެ ފަހުން އާސެނަލްއާ ދެކޮޅަށް ކުޅުނު 17 މެޗުގެ ތެރެއިން ޗެލްސީ ބަލިވެފަވަނީ 2 މެޗުންނެވެ. މިއީ ލީގުގައި 8 މެޗަށްފަހު އާސެނަލްއިން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން އާސެނަލް އަމިއްލަ ދަނޑުގައި މޮޅުވީ ހުސްވި އޮކްޓޯބަރު މަހު ޝެފީލްޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ރޭ ލީގުގައި ސައުތުހެމްޓަން އާއި ފުލަމް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާއެކު އާސެނަލް ވަނީ 15 މެޗުން 17 ޕޮއިންޓް ހޯދާ ލީގުގެ 14 ވަނައަށް ކުރިޔަށްޖެހިލާފައެވެ. ޗެލްސީ ބަލިވުމުން އެޓީމު ވަނީ ލީގުގެ 7 ވަނައަށް ވެއްޓިފަ. ރޭގެ މެޗު އެއްވަރުވުމުން ސައުތުހެމްޓަން ވަނީ ނުވަވަނައަށް ވެއްޓިފަ.