ޚަބަރު

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ


  • މިމާރާމާރީ ހިންގާފައިވަނީ ގަލޮޅުގައި

  • އަނިޔާވީ 35 އަހަރުގެ ދިވެހި ފިރިހެނަކަށް

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ހުވަފެނީ ގޯޅީގައި ބަޔަކު މާރާމާރީ ހިންގާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 02:32 ހާއިރުގައިކަމަށެވެ. މިމާރާމާރީގައި އަނިޔާވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ފުލުހުން ދެއްވާފައިނުވެއެވެ. މިމައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.