ރާއްޖެއިން މިއަދު 30 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 42 މީހުން ބަލިން ރަނގަޅުވެއްޖެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 10 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 6 މީހުންނާއި، ރިޒޯޓުތަކުން ޕޮޒިޓިވްވި 5 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހަކާއި ސިނާޢީ ރަށްރަށުން ޕޮޒިޓިވްވި މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެއް މިއަދު ޕޮޒިޓިވްވި 30 މީހުންގެތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،474 އަށްވަނީ އަރާފައެވެ.
މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 42 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12،878 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 541 އެވެ. މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 47 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،768 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ އަދަދުވަނީ 286،354އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.