ކުޅިވަރު

ލުކާކޫގެ ދެ ލަނޑާއެކު އިންޓަ މިލާނަށް ޕޮއިންޓެއް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިންޓަ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ވާދަކުރި އެއްވަރުވެގެން ނިމިއްޖެއެވެ. މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި އިންޓަ މިލާނުގެ ލުކާކޫ ވަނީ ދެ ލަނޑު ޖަހާފައެވެ. އަމިއްލަ ދަނޑުގައި އިންޓައިން ކުޅުނު މެޗުގެ ލުކާކޫ ފުރަތަމަ ލީޑް ނަގާ ކުރި ހޯދާފައި ވަނިކޮށް މުންޗެންގްލަޑްބެކްގެ ރަމީ ބެންސްބިޔާނީ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް މުންޗެންގްލަޑްބެކުން ލީޑް ނެގީ ޖޮނަސް ހޮފެމެން ކާމިޔާބުކުރި ލަނޑުންނެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލުކާކޫވަނީ ލަނޑެއް ޖަހާ އިންޓަ މިލާން ބަލިނުވެ ސަލާމަތްކޮށްދީފައެވެ. މިއީ ޔޫރަޕުގެ މުބާރާތެއްގައި އެންމެފަހުން އޭނާ ކުޅުނު ނުވަ މެޗުގައި ކާމިޔާބުކުރި ނުވަ ވަނަ ލަނޑެއެވެ.

މި ނަތީޖާ އެކު ގުރޫޕްގެ ކުރި ލިބެނީ ރޭ ރެއާލް މެޑްރިޑް ބަލިކުރި ޝަހުތަރު ޑޮނެސްކަށެވެ. އިންޓަ މިލާން އާއި މުންޗެންގްލަޑްބެކް އަށް ލިބެނީ އެންމެ ޕޮއިންޓެެކެވެ.