ކުޅިވަރު

އެވަންޓަންއިން ދައްކާ މޮޅު ކުޅުމުން ހައިރާނެއް ނުވޭ: ކްލޮޕް


އެވަޓަނުން އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް ދެއްކި މޮޅު ކުޅުމުން ހައިރާން ނުވާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ އެވަޓަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ އެވަޓަންގެ ކޯޗަކީ މޮޅު ކޯޗެއް ކަމަށާއި އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެއްކަމަށެވެ. ކޯޗެއްގެ ގޮތުންނާއި އަމިއްލަ ގޮތުން ވެސް އަންޗޮލޯޓީއަކީ އެނާ ވަރަށް އިހުތިރާމް ކުރާ ކޯޗެއްކަމަށް ކުލޮޕް ބުންޏެވެ.

އޭނާ ބުނީ އެވަޓަންއާ އަންޗޮލޯޓީ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެކުލަބު ވަރުގަދަކުރުމަށް އޭނާ މަސަކަތްކުރާނެ ކަން އެނގުނުކަމަށާއި އިތުރު ވާދަވެރިކަމެއް އުފެދިއްޖެކަމުގެ އިހުސާސް އެ ދުވަހު ކުރެވުނު ކަމަށް ކުލޮޕް ބުންޏެވެ. ކްލޮޕް ބުނީ ފުޓްބޯޅައިގަ ކޮންމެ މެޗަކީވެސް ތަފާތު މެޗެއްކަމަށާއި އަހަރުތަކެއް ވެގެން ދިޔައިރު އެވަޓަން ދަނޑުގައި މޮޅެއް ވެސް އަދި ބައްޔެއްވެސް ވެފައިނުވާކަން ކްލޮޕް ފާހަގަކުރިއެވެ.

އަމިއްލަ ދަނޑުގައި ކުޅޭ ޓީމުން މި ސީޒަނުގެ މިހާތަނަށް ތަފާތު ދައްކަމުންދާކަމަށާއި އެގޮތުން މާދަމާގެ މެޗު އުނދަގޫވާނެކަމަށް ލިވަޕޫލްގެ ކޯޗު ބުންޏެވެ. މިދިޔަ ސީޒަނުގައި ވެސް މި ދެޓީމު އެވަޓަން ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.