ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތާކާ ގުޅޭ މުޢާމަލާތުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލެއް އޮތްކަމަށް ފާހަގަ ކުރެވިފައިނުވާކަމަށާ، އަދި ފިނޭނެސްއާއި ހެލްތާއި ދެމެދު ބަދަލުކުރި ލިޔުންތަކުގައި މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ފިނޭންސް މިނސިްޓްރީން އަންގަވާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ މުޢާމަލާތާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަވި މައްސަލަތަކާ ގުޅޭގޮތުން ސުވާލުކުރުމަށް އެ އިދާރާގެ އިސްވެރިން މިއަދުވަނީ ރައްޔިތންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ވެންޓިލޭޓަރުތަށް ގެނައުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި، ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުނި ހަމަޖައްސާފައިވަނީ ޑަބްލިއުއެޗްއޯ މޯލްޑިވްސްއާ މަޝްވަރާކުރައްވާފައިކަމަށް ވެއެވެ. ނަމަވެސް މިކަމާއި ގުޅޭ އެއްވެސް ރަސްމީ މުޢާމަލާތެއް ހިންގާފައި ނުވާނެކަމަށާ، އަދި ވަކި ކުންފުންނަކުން ވެންޓިލޭޓަރު ގެނައުމަށް ދެއްވާފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯ މޯލްޑިވްސްގެ ފަރާތުން ވިދާޅުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. ހަސަން ޒިޔަތު ވިދާޅުވި މިކަމުގައި ފިނޭނެސް މިނިސްޓްރީން ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދުގެދާ އެއްގޮތަށްކަމަށާ، މިކަމުގައި އެމިނިސްޓްރީގެ އިޙުމާލެއް އޮތްކަމަށް ފާހަގަވެފައި ނުވާކަމަށެވެ.
"ކޮންމެ ޕޭމަންޓެއް ފިނޭނެސް މިނިސްޓަރު ބެލުން ލާޒިމެއް ނޫން. މިފަދަ ޚާއްސަ ހާލަތުގައި ޢަމަލުކުރާ ގޮތްތައް ހުރޭ. ފިނޭންސް މިނިސްޓްރީން ހެލްތް މިނިސްޓްރީއަށް އެންގީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށްގެންދިއުމަށް. އެއްވެސް ގޮތަކަށް ނުބުނެ ގެރެންޓީއެއް ނެތި ދޫކުރާށޭ. މިކަމުގައި ޒިންމާ އޮތީ ހެލްތްގެ ބިޑް ކޮމިޓީއާއި، މާލީ ޒިންމާދާރުވެރިޔާއަށް." ޒިޔަތު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން 75ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ. މާލިއްޔަތު ޤަވައިދާ ޚިލާފަށް، އެއްވެސް ގެރެންޓީއަކާވެސް ނުލައި ވެންޓިލޭޓަރު ގެނައުމަށް ޚަރަދުވާ ފައިސާގެ %90 ނުވަތަ 30މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ދައްކާފައެވެ.
ދުބާއީ ކުންފުންޏާއިއެކު އެއްބަސްވީގޮތަށް ހުރިހާ ވެންޓިލޭތަރުތަށް ލިބިފައި ނުވާއިރު، ލިބުނު ވެންޓިލޭޓަރަކީވެސް އެއްބަސްވެފައިވާ ބްރޭންޑްގެ ވެންޓިލޭޓަރުނޫންކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ޢަޒްރާ
ދެން މިކަމުގައި ކުއވެރި ވާނީ އަމީނެއްވެސް ނޫން އެއށްވުރެ ދަށުންތިބި މީހުން