ވިޔަފާރި

ސަރުކާރު ބަންދުވިޔަސް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ޙިދުމަތްތައް އޮންލައިންކޮށް އެދެވޭނެ


ސަރުކާރު ބަންދުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ޙިދުމަތްތައް އެ މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ލިބޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ

ކޯވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިމަހުގެ 4 ވަނަ ދުވަހުން 6 ވަނަ ދުވަހަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މުއްދަތުގައިވެސް އެ މިނިސްޓްރީގެ ޙިދުމަތްތައް ލިބޭނެކަމަށެވެ. އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެ މިނިސްޓްރީ އިން ދެމުންދާ ޙިދުމަތްތަކަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޙިދުމަތްތައް މި މުއްދަތުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށްކަމަށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އޮންލައިން ޚިދުމަތްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެ މިނިސްޓްރީގެ އީމެއިލްއަށް މެއިލްކުރެވޭނެކަމަށެވެ. އަދި މިނިސްޓްރީން ދޭ ޙިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާނަމަ މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.