ޚަބަރު

ކޯވިޑް-19 : މިއަދު މަރުވި އިންޑޮނޭޝިއާ މީހާ މަރުވީ ކެންސަރުބަލީގައި - އެޗްޕީއޭ


މިއަދު އަޖީއެމްއެޗްގައި މަރުވި އިންޑޮނޭޝިޔާ މީހާމަރުވީފަހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އޭނާ މަރުވި ސަބަބަކީ ކެންސަރުބަލިކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޢުމުރުން 39 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ކެންސަރުގެ 4 ވަނަ ސްޓޭޖްގައި އޮއްވައިކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 9:45 ގައިކަމަށެވެ. އެޗްޕީއޭއިން ކުރިންވަނީ އޭނާގެ ސާމްޕަލް ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ދެއްވާފައެވެ.