ޚަބަރު

އެމްޓީސީސީއިން ގއ. މާމެންދުއަށް ދެމުންދިޔަ ފެރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އިން ގއ މާމެންދޫއަށް ދެމުންދިޔަ ފެރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ ގއ މާމެންދޫއަށް ދެމުންދިޔަ ފެރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަޑާލީ އެރަށުން 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ އަތޮޅު ކައުންސިލުން މާމެންދޫ އަށް ފެރީ ދަތުރުތައް ނުކުރުމަށް އެކުންފުންޏަށް އެންގުމާއި ގުޅިގެންކަމަށެވެ. އަދި އަލުން އެރަށަށް ފެރީ ދަތުރުތައް ފަށާނީ އެ އަތޮޅު ކައުންސިލުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ހޯދުމަށްފަހު އެކަން އެމްޓީސީއަށް އެންގުމުން ކަމަށްވެސް އެމްޓީސީސީއިން ވިދާޅުވެއެވެ.

ގއ.މާމެންދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުން އެރަށަށް ގޮސް ހޯމް އައިސޮލޭޝަންގައި ތިބި 3 މީހެކެވެ. މި މީހުންގެ ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް މިކަމާ ގުޅިގެން 13 މީހަކު ވަނީ އެކަހެރިކޮށްފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި 3 މީހުންނަކީ މާލެއިން އެރަށަށްގޮސް ހޯމް އައިސޮލޭޝަންގައި ތިބިބައެއްކަމުން އެރަށް މޮނިޓަރިންއަށް ނުލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.