ޓެނިސް

ފާރިޝް ސީޝެލްސްގެ ކުޅުންތެރިޔާ ބަލިކޮށްފި


ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަލީ ފާރިޝް ސީޝެލްސްގެ ކުޅުންތެރިޔާ
ބަލިކޮށްފިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ސިންގަލްސްގައި ސީޝެލްސްގެ ސްޓެފަން ރަމައިންގެ މައްޗަށް ފާރިޝް ކުރި ހޯދީ ސީދާ ދެސެޓުންނެވެ.
އެއީ 6-4، 6-3 ނެވެ.



މުބާރާތުގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ ޕެއަރ ކުޅުނު ފުރަތަމަ މެޗުވެސް
ވަނީ ކާމިޔާބުކޮށްފައެވެ. ހުސެއިން ރަބީއު މުޙައްމަދާއި އައިމިނަތު އިރުފާ މާހިރުގެ
ޕެއަރ ސީޝެލްސްގެ ޕެއަރގެ މައްޗަށް ކުރި ހޯދީ ދެސެޓް އެއް ސެޓުންނެވެ. ޖަމާލްއާއި
ކްލީވީ ޑެލްޕެޗްއާއި ވާދަކޮށް ރާއްޖޭގެ ދެ ކުޅުންތެރިން ސެޓްތައް ގެންދިޔައީ 3-6،
6-3، އަދި 10-8 ނެވެ.



ނަމަވެސް އަންހެން ޑަބަލްސްގައި ރާއްޖޭގެ އަޔާނީ މޫސާ ކަލީމް ވަނީ ސީޝެލްސްގެ
ފާޠިމެ އަތުން ސީދާ ދެސެޓުން ބަލިވެފައެވެ. އެއީ 0-6، 4-6 ނެވެ.



މިއަދު ރީޔޫނިއަންއާއި މަޑަގަސްކަރަ ކުޅުންތެރިން އަތުން ރާއްޖޭގެ ދެ
ކުޅުންތެރިން ބަލިވީ ސެޓެއްވެސް ނުލިބިއެވެ. ރީޔޫނިއަންގެ އަންގެލާ ލެވޯރސް އަތުން
އައިމިނަތު އިރުފާ މާހިރު ބަލިވީ 0-0،6-6 ނެވެ. މިއީ އަންހެން ސިންގަލްސް
މެޗެކެވެ.



ހަމަ މިނަތީޖާއިން ފިރިހެން ސިންގަލްސްގައި އަހުމަދު މުސްޠަފާ ބަލިވީ
މަޑަގަސްކަރައިގެ ކުޅުންތެރިއެއް އަތުންނެވެ. ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބޭރު މުބާރާތެއްގައި ވާދަ މިކުރަނީވެސް އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުގައެވެ.