ޚަބަރު

ކޯވިޑް-19 : ޒަރޫޒީ ސާމާނު ފޯރުކޮށްދިނުމަށް ފުލުހުން ނުކުމެއްޖެ


މިދަނޑިވަޅުގައި އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

މާލެ އޭރިޔާ ކުރިއަށް އޮތް 14 ދުވަހަށް ފުރަބަންދުކުރުމާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާކަންކަން ފަހިކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާލަތުގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށާއި، އަދި ދިރިއުޅުމުގެ އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނާއި ތަކެތި ފޯރުކޮށް ދިނުމުގެ އިންތިޒާމު ފުލުހުން ވަނީ ހަމަޖައްސާފައެވެ.

ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ފުލުހުންވަނީ ޚާއްސަ ނަންބަރުތަކެއްވެސް ހިއްސާކުރައްވާފައެވެ. ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް 3034444 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1665ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން މެއިލްގެ ޒަރީއާއިންވެސް ޙިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޮންލައިންކޮށް ޚިދުމަތް ދޭންބޭނުންވާ ފަރާތްތަކުން police.gov.mv/permit އަށް މައިލްކުރުމުން ޙިދުމަތް ފޯރުކޮށްދޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މަލެ އޭރިޔަ ފުރަބަންދަކަށް ދިއުމާއި ގުޅިގެން ސިފައިންނާއި ފުލުހުންދަނީ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށް ދިނުމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.