ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ އައިސޮލޭޝަން ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާކަމަށް ނެޝަނަލް އެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދޭގޮތުގައި މި ފެސިލިޓީގައި އައިސޮލޭޝަން ބްލޮކަކާއި އެކޮމަޑޭޝަން ބްލޮކަކާއި ސަރވިސް ބިލްޑިންގެއް ހުންނާނެއެވެ.
މިއައިސޮލޭޝަން ފެސިލިޓީގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވަމުން، އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މްބްރޫކް އަޒީޒް ވިދާޅުވީ އަލަށް ތަރައްޤީކުރާ އައިސޮލޭޝަން ފެސިލިޓީއަށް ކިޔާނެ ރަސްމީ ނަމަކީ، ހުޅުމާލެ މެޑިކަލް ފެސިލިޓީ ކަމަށެވެ. 300 އެނދުގެ މިފެސިލިޓީގައި އިތުރު އެކޮމަޑޭޝަން ބްލޮކަކާއި ސަރވިސް ބިލްޑިންގްއެއް ހުންނާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
އެކޮމޮޑޭޝަން ބްލޮކްގައި މިފެސިލިޓީގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ މާހިރުން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީ ހުންނާނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަބްރޫކްވަނީ މި ފެސިލިޓީ ތަރައްޤީކުރުމަށް ޚަރަދުވާ ފައިސާގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ. ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީ ހުރި އިމާރާތްތައް މަރާމާތުކޮށްގެން ހަދާ މި ފެސިލިޓީއަކީ ކްރިޓިކަލް ކެއަރއަށް ޚާއްސަ ތަނެކެވެ.
މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ޙާލަތަކަށް ތައްޔާރުވުމަށްޓަކާ ސަރުކާރުން އަޅުއްވާ ފިޔަވަޅެއްގެދަށުން ތަރައްޤީކުރާ މިފެސިލިޓީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންންވެ.
މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާއިރު، ފެސިލިޓީ މަރާމާތުކުރުމުގެ މަސައްކަތްވެސް އިސްކޮށް ކުރައްވަނީ އެމް.އެން.ޑީ.އެފުންނެވެ. މިކަމުގައި، އެޗް.ޑީ.ސީ، އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ، ފެނަކަ، އެސް.ޓީ.އޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުންދާކަން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއްވައެވެ.