ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ތައްޔާރުވެ ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ގޮވާލައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއޭސުސް ވަނީ ކޯވިޑް-19ގެ ސަބަބުން އަޅާ ފިޔަވަޅުތަކާއެކު ގެވެށި އަނިޔާއާއި އިޖުތިމާއީ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި، މިވަގުތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދޭ އިރުޝާދުތައް ދެއްވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއޭސުސް ވަނީ، ޕޯލިއޯ ބަލި ކޮންޓްރޯލްކުރުމަށް ހުރިހާ ޤައުމެއް ގުޅިގެން ކުރިފަދަ މަސައްކަތެއް މިވަގުތު ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އިޤްތިޞާދީގޮތުން މިވަގުތު މުޅި ދުނިޔެ އަނދަވަޅަކަށް ވެއްޓިފައިވާއިރު، މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީވުން މުހިންމުކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްޙީގޮތުން ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ފަންޑާއި، ސިއްޙީ އިދާރާތައް ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރަންޖެހޭކަމަށް ވިދާޅުވެ، ޓެޑްރޯސްވަނީ މި ދަނޑިވަޅުގައި މިކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ދޭންޖެހޭ އުޖޫރަ ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހަމަމިއާއެކު ފަޤީރުންނާއި ރެފިއުޖީންނަށް އެހީދިނުމުގައި ޚާއްސަ އިސްކަމެއް ދިނުމަށްވެސް ގޮވާލެއްވިއެވެ.
ޓެޑްރޯސް އަދަނޮމް ގެބްރިއޭޭސުސް ވިދާޅުވިއެވެ.
ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ހަތަރު ސަތޭކައަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއޭސުސް ވަނީ، މިހާލަތުގައި ގޭގައި ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއާއި އިޖުތިމާއީ މައްސަލަތައް އިތުރުވަމުންދާކަމަށް ވިދާޅުވެފައެވެ. މިފަދަ އަނިޔާގެ ޝިކާރައަކަށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވާއިރު، މިހާރުން މިހާރަށް މި މައްސަލަތައް ހައްލުކުރުމަށް ވަރުގަދަ ނިޒާމުތައް ޤާއިމުކުރުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ. އެގޮތުން ހޮޓްލައިންތަކާއި، ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިއޮތުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓެޑްރޯސް އަދަނޮމް ގެބްރިއޭޭސުސް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައްވާފައިވާއިރު، މިހާލަތުގައި ރާއްޖޭގައި އިޖުތިމާޢީގޮތުން ކުރިމަތިވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ ޕްލޭންތައް ހަދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެއްވެސް ބަޔަކު ކުށެއް ކުރާކަން އެނގޭނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް ފުލުހުން ވަނީ ގޮވާލައްވާފައެވެ.