ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
އެސްޓީއޯއިން ބުނީ މިއީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގެ ވީހާވެސް ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށެވެ.
މިގޮތުން އެސްޓީއޯއިން ހިދުމަތްތަކުގެ ވަގުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ:
- ކާޑުގެ ބާވަތްތައް ދޫކުރުން - 08:00 - 16:00
- ހޯމް އިމްޕްރޫވްމަންޓް - 10:00 - 18:00
- ހޯމް އިމްޕްރޫވްމަންޓް ވެއަރހައުސް 10:00 - 18:00
- ސަރވިސް ސެންޓަރ - 09:00 - 16:30
- ހުޅުމާލެ ފިހާރަ - 08:00 - 12:00 / 13:00 - 18:00 / 20:00 - 22:00
- ވިލިމާލެ ފިހާރަ - 08:00 - 12:00 / 13:00 - 18:00 / 20:00 - 22:00
- ހދ. ކުޅުދުއްފުށީ ފިހާރަ - 09:00 - 17:00
- ބ. އޭދަފުށީ ފިހާރަ - 09:00 - 17:00
- ލ. ފޮނަދޫ ފިހާރަ - 09:00 - 17:00
- ގއ. ވިލިނގިލީ ފިހާރަ - 09:00 - 17:00
- ގދ. ތިނަދޫ ފިހާރަ - 09:00 - 17:00
- ޏ. ފުވައްމުލަކު ފިހާރަ - 09:00 - 17:00
- ސ. ހިތަދޫ ފިހާރަ - 09:00 - 17:00
- ސ. މަރަދޫފޭދޫ ފިހާރަ - 09:00 - 17:00
- ސ. ފޭދޫ ފިހާރަ - 09:00 - 17:00
- ސ. ހުޅުމީދޫ ފިހާރަ - 09:00 - 17:00
އެސްޓީއޯގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާއިރު، ސަރުކާރު ބަންދުކުރުމާއި ގުޅިގެން ގިނަ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތުގެ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.