ވިޔަފާރި

އެޗް.އާރު އެވޯޑްސް 16 ފަރާތަކުން ހާޞިލުކޮށްފި


ހިއުމަން ކެޕިޓަލް މޯލްޑިވްސް އެޗް.އާރު އެވޯޑްސް 16 ފަރާތަކުން ހާޞިލުކޮށްފިއެވެ.

އެޗް.އާރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ހިއުމަން ކެޕިޓަލް މޯލްޑިވްސް އެޗް.އާރު އެވޯޑްސް ބާއްވާފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެރޭ ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ.

ހިއުމަން ކެޕިޓަލް މޯލްޑިވްސް އެޗް.އާރު އެވޯޑްސް ދިނުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ.

އެޗްއާރު މޯލްޑިވްސްއިން ދޭ މިއެވޯޑަކީ ރާއްޖޭގައި ހިއުމަން ރިސޯސް ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކާއި ހިދުމަތްތައް ދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މީގެއިތުރުން ހިއުމަން ރިސޯސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކުންފުނިތަކުން ކުރާ މަސައްކަތް ދަމަހައްޓާ ކުރިއެރުމަކީވެސް މި އެވޯޑުގެ މަޤްޞަދެކެވެ.

މޯލްޑިވްސް އެޗްއާރު އެވޯޑްސްގެ އިންޓިވިޖުއަލް ކެޓަގަރީތަކުގެ ވަނަތަކަށް ބަލާއިރު،
- އެޗްއާރު ޗެމްޕިއަންގެ އެވޯޑް / އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްޢާލް.
- ވުމެން އޮފް ޑިސްޓިންޝަން އެވޯޑް / ލިބިފައިވަނީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖަރ ހިއުމަން ރިސޯސް، ޝާހިދާ އަހުމަދު.
- އެޗްއާރު ޑިރެކްޓަރ އޮފް ދަ އިޔަރ އެވޯޑް / މޫވް އެންޑް ޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސްގެ ޑިރެކްޓަރ ޓެލެންޓް އެންޑް ކަލްޗަރ ވައިބަވް ގަރްގް
- އެޗްއާރު މެނޭޖަރ އޮފް ދަ ދިޔަ އެވޯޑް / ހޮލިޑޭއިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސް މެނޭޖަރ ހިއުމަން ރިޒޯސް، އަހުމަދު ޝަޒްލީން
- އެލް އެންޑް ޑީ މެނޭޖަރ އޮފް ދަ އިޔަރ އެވޯޑް / ކޮންސްޓަންސް މޯލްޑިވްސް ކްލަސްޓަރ ޓްރެއިނިން އެންޑް ކުއަލިޓީ މެނޭޖަރ، މެރީ ޖޭން ސީ ބެންޑޯއީ
- އެޗްއާރު ޕްރެކްޓިޝަނަރ އޮފް ދަ އިޔަރ އެވޯޑް / ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ސީނިއަރ ހިއުމަން ރިސޯސެސް އޮފިސަރ، އައިމިނަތު ޒަހާން އަޝްރަފް
- އެޗްއާރު ރައިސިން ސްޓާރ އޮފް ދަ އިޔަރ އެވޯޑް / އޭޑީކޭ ހޮސްޕިޓަލް ޗީފް ހިއުމަން ރިސޯސެސް އޮފިސަރ އައިމިނަތު މުހައްމަދު
- އެޗްއާރު ރައިސިން ސްޓާރ އޮފް ދަ އިޔަރ އެވޯޑް / ކުރެއްދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ހިއުމަން ރިސޯސަސް އެގްޒެކެޓިވް، އަބްދުﷲ ލިޔާޒް.

އެޗްއާރު މޯލްޑިވްސްގެ އޯގަނައިޒޭޝަނަލް ކެޓަގަރީގެ އެވޯޑުތައް ލިބުނު ފަރާތްތަކަށް ބަލާއިރު،

- އެކްސަލަންސް އިން ޑައިވާސިޓީ އެންޑް އިންކްލޫޝަން އެވޯޑު / މޫވް އެންޑް ޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް
- އެކްސަލަންސް އިން ލާނިން އެންޑް ޑިވެލޮޕްމަންޓް އެވޯޑް / ކޮންސްޓަންސް ރިޒޯޓް މޯލްޑިވްސް
- އެކްސަލަންސް އިން ސޯޝަލް މީޑިއާ، ޕީޕަލް ޕްރެކްޓިސަސް އެވޯޑް / އޭޑީކޭ ހޮސްޕިޓަލް
- ނެކްސްޓް ޖެނަރޭޝަން އެމްޕްލޯއީމަންޓް އިނީޝިއޭޓިވް އޮފް ދަ އިޔަރ އެވޯޑް / ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
- ބެސްޓް ހެލްތް އެންޑް ވެލްނަސް އިނީޝިއޭޓިވް އެވޯޑް / އޭޑީކޭ ހޮސްޕިޓަލް
- ސްޓާފް ރެކްރިއޭޝަން ޓީމް އޮފް ދަ އިޔަރ އެވޯޑް / ޓީމް ކަނޑޫމާ އެންޑް ޕްރިސަންސް ކްލަބް
- އެމްޕްލޯއީމަންޓް އެޖަންސީ އޮފް ދަ އިޔަ އެވޯޑްް / ޖަސްޓް ފޮރ މާކިން ޕްރައިވެޓް ލިމިޑެޓް
- އެޗްއާރު ޓީމް އޮފް ދަ އިޔަރ އެވޯޑް / އޭޑީކޭ ހޮސްޕިޓަލް

އެޗް.އާރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ދިން ހިއުމަން ކެޕިޓަލް މޯލްޑިވްސް އެޗް.އާރު އެވޯޑްސް ދީފައިވަނީ މިދިޔަ އަހަރު އޯގަސްޓް މަހާއި ހަމައަށް މިއެވޯޑްގެ އެކި ކެޓަގަރީތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުން ހޮވާފައިވާ އެންމެ ރަގަނޅު ފަރާތްތަކާއި ކުންފުނިތަކަށެވެ.