ޚަބަރު

ނެޓްބޯޅަ އެސޯސިއޭޝަނުގެ ދެ ކޯހެއް އަންނަމަހު ކުޅުދުއްފުށީގައި ފަށަނީ


ރާއްޖޭގެ ނެޓް ބޯޅަ އެސޯސިއޭޝަންގެ ފަރާތުން ޑިސެމްބަރު މަހު ދެ ކޯހެއް ކުޅުުއްފުށީގައި ބޭއްވުމަށް ހަމަޖައްސައި އެކަން އާންމުކޮއްފިއެވެ.

އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ކޯހަކީ ބޭސިކް ނެޓްބޯޅަ ކޯޗިން އާއި އަމްޕަޔަރުން ތަމްރީން ކުރާ ކޯހެވެ.

ނެޓް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މި ދެ ކޯހަކީ އެ އެސޯސިއޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒޯން އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދެ ކޯހެވެ. އެގޮތުން ކުޅުދުއްފުށީގައި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހު 27 ން 30 ށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި ކޯސްތަކަކީ ހަމައެކަނި ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯސްތަކެއް ނޫންކަމަށެވެ. ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކުޅުދުއްފުށީކައުންސިލްގައި ނަންނޯޓްކުރުމަށްވަނީ ހުޅުވާލާފައެވެ.

އެ އެސޯސިއޭޝަނުން މިހާރުވެސް ދަނީ މާލޭގައި ބޭސިކް ނެޓްބޯޅަ ކޯޗިން އަދި އަމްޕަޔަރުން ތަމްރީނު ކުރާ ކޯސްތަކެއް ހިންގަމުންނެވެ.