ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ތިން މިލިޔަން އެއްލައްކަ ނުވަދިހަ ހާހައްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީ ހަދިޔާކޮށްފިއެވެ.މި އެހީއަކީ، ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ މެއި މަހު ޕާކިސްތާނަށް ކުރެއެއްވި ފުރަމާނަ ދަތުރުފުޅުގައި، މާލޭ ވޯޓރަ ކްރައިސިސް މެނޭޖްމަންޓް ފަންޑަށާއި، ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ރައްޔިތުންގެ މަޖިލިސް ކުރާ ގެ މަރާމާތުކުރެއްވުމަށް ދެއްވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެފައިވާ އެހީއެކެވެ.މިއެހީ ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ، ދިވެހި ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްޓިންގ ހައިކޮމިޝަނާ އޮފް ޕާކިސްތާން ޝާހިދު މަހުމޫދުއެވެ. ރާއްޖޭގެ ފަރާތުން މި އެހީގެ ފައިސާގެ ޗެކާއި ހަވާލުވެވަޑައިގަތީ ޚާރިޖީވަޒީރު ދުންޔާ މައުމޫންއެވެ.މި "ސާޅީސްނުވަ މިލިޔަން ދެލައްކަ ނުވަދިހަ ފަސްހާސް ހަތަރުސަތޭކަ ތިރީސް ތިން ދިވެހި ރުފިޔާ" ނުވަތަ ތިންމިލިއަން އެއްލައްކަ ނުވަދިހަ ހަހާސް އަށްސަތޭކަފަންސާ ޔޫ.އެސް ޑޮލަރު، ގެ ތެރެއިން ދެމިލިޔަން ޑޮލަރު ހަދިޔާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީސްކުރާގެ މަރާމާތުކުރުމަށްކަމަށް ހާރިޖިއްޔާއިން ބުނެއެވެ. އަދި މީގެ ތެރެއިން އެއްމިލިޔަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ، މާލެއަށް ދިމާވި ފެނުގެ ދަތިކަން ހައްލުކުރުމަށެވެ. އަދި ބާކީ "އެއްލައްކަ ނުވަދިހަ ހަ ހާސް އައްސަތޭކަ ފަންސާސް އެމެރިކާޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ގާއިމްކުރާ ފެންރައްކާކުރާ ޓޭންކުތައް ގަތުމަށެވެ.މިރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ދެއްކެވި ވާހަކަފުޅުގައި މަލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑަށާއި، ރައްޔިތުންގެ މަޖިލީސްކުރާގެ މަރާމާތުކުރުމަށް ޕާކިސްތާނު ސަރުކާރުން ވެދެއްވި އެހީއަށްޓަކައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދަކުރެއްވިއެވެ. އަދި ރައީސް ޔާމީން ޕަކިސްތާނަށް ކުރެއްވި ދަތުރުފުޅުކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެޅިގެންދިޔަ ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ޕާކިސްތާން އެކްޓިންގް ހައުކޮމިޝަނާ ޝާހިދް މަހުމޫދު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނައި ރާއްޖޭގެ ދޭދޭގުޅުމަށް ސާޅީސް ނުވައަހަރު ވެފައިވާއިރު މިމުއްދަތުގައި ދެގައުމުގެ ގާތްރަހުމަތްތެރިކަން ދައްކައިދެވިފައިވާކަން ފާހަގަކުރެއްވައި އެގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި މިހާރު ދެއްވާ ބައެއް އެހީތަކާއި ކުރިޔަށް ދެއްވަންހުރި ބައެއް އެހީތަކަށް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.ރައީސުލް ޖުމުހޫރިއްޔާ މިދިޔަ މެއި މަހު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ދެގައުމުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަކުގެ ތެރޭގައި ސިއްޙީ ދާއިރާއާއި، ތައުލީމީ ދާއިރާއާ ކުޅިވަރުގެ ދާއިރާއާ ޤަވާއިދާ ޚިލާފަށް ނާކޮޓިކްސްގެ ވިޔަފާރި ކުރުން ހުއްޓުވުމާބެހޭ އެއްބަސްވުންތައް ހިމެނެއެވެ.މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އާއިމާރާތް ހުޅުވި، ކުރީގެ އިމާރާތް މަރާމާތު ކުރަން ފެށޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ ވިދާޅުވެފައެވެ.