ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައިވަނީ 40 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށެވެ. އަދި މިހާރު އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި އެމީހާގެ ކަނާތްފަރާތުގެ ކޮނޑުމަތީގެ ކަށިތަކާއި މޭމަތީގެ ކަށިތަށް ބިންދައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެމީހާ ވެއްޓިފައިވަނީ އިމާރާތުގެ ސޭފްޓީ ނެޓް އުސްކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ސޭފްޓީ ބެލްޓް ނާޅާ ހުރުމުން ކަމަށެވެ.