އައްޑޫ ސިޓީގެ ހިތަދޫއިން ވިޔަފާރި އުޞޫލުން ހަތަރު ބިން ކުއްޔަށް
ދޫކުރުމަށް ނިންމައިފިއެވެ.
ހިތަދޫގެ ދެ އަވަށުން ބިން ދޫކުރުމަށް ނިންމާފައިވަނީ ކުދި
ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެންނެވެ.
ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ މި ބިންތަކަށް ޖުލައިމަހުގެ
އަށްވަަނަ ދުވަހުގެ އެގާރަ ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޫމަށް އައްޑޫ ސިޓީ
ކައުސނިންސިލް އިދާރާއިން އެދެއެވެ. ބިން ހޯދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ
މައުލޫމާތު ލިބެން ހުންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީގައި މިހާރުވެސް އެކި އެކި ވިޔަފާރިއަށް
ބިންތައް ކުއްޔަށް ދޫކޮށްފައެވެ.