ޚަބަރު

ރާއްޖެއަށް އެންމެގިނައިން މަސްތުވާތަކެތި އެތެރެކުރަނީ އިންޑިއާގެ ސިޓީތަކުން


ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ އިންޑިއާގެ ސިޓީތަކުންކަމަށް ކަސްޓަމްސްއިން އާންމުކުރި ޗާޓަކުން ދައްކައިފިއެވެ.

2013އިން 2018އަށް ކަނޑުމަގުންނާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ގޮތްތައް ދައްކުވައިދޭ ޗާޓުގައިވާގޮތުން ރާއްޖެއަށް 19 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ޗާޓުގައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ކަސްޓަމްސްއަށް އަތުލައިގަނެވިފައިވާ ގައުމުތަކެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ގައުމުތަކަކީ:
1)ސްރީލަންކާ،
2) އިންޑިއާ،
3)ބަންގްލަދޭޝް،
4) ޕާކިސްތާން،
5) ތައިލެންޑް،
6)މެލޭޝިއާ،
7) އީރާން،
8) ޔޫއޭއީ،
9)ގަތަރު،
10)އުޒްބެކިސްތާން،
11)ކަޒަކިސްތާން،
12)އިނގިރޭސި ވިލާތް،
13)ބެލްޖިއަމް،
14) ސްޕެއިން،
15)ނެދަލޭންޑްސް،
16)ޖަރުމަން،
17)އިތިއޯޕިއާ،
18) ޓޯގޯ
19)ބްރެޒިލް

ދާދިފަހުން ކަސްޓަމްސްއިން ވަނީ އެކި ގޮތްގޮތުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.