ޚަބަރު

އެމްޑީއެން ރިޕޯޓުގެ މައްސަލަ ބަލައިދިނުމަށް އަދާލަތު ޕާޓީން ފުލުހުންނަށް ހުށައަޅައިފި


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓުގެ މައްސަލަ ބަލައިދިނުމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ފުލުހުންނަށް ހުށައަޅައިފިއެވެ.

ޢަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، ކީރިތި ރަސޫލާ ސައްލައްﷲ އަލަޙިވަސައްލަމައަށް ފުރައްސާރަކޮށް ދީނާއި ޚިލާފު ވާހަކަތައް ހިމަނާފައިވާ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު މި ރިޕޯޓުގެ މައްސަލަ ޢަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ފުލުހުންނަށް ހުށައަޅާފައިވަނީ އެ ރިޕޯޓްގެ ކަންކަން ފެންމަތިވި ހިސާބުން ފެށިގެން އެކަމާގުޅޭގޮތުން އެޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ އެއްވެސް އެއްޗެއް ވިދާޅުނުވާކަމަށްބުނެ އާންމުންގެ ފާޑުކިއުން އަމާޒްވެފައިވާ ދަނޑިވަޅެއްގައެވެ.

ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެން.ޑީ.އެމް ރިޕޯޓްގެ މައްސަލަ ބަލައިދީ ފިޔަވަޅުއެޅުމަށް އެދިފައިމިވަނީ "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓުގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެފައިވަނިކޮށެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީންވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.