މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ފިޔަޔާއި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.އެކުންފުނިން ބުނި ގޮތުގައި ކުރިން ފިޔާ ކިލޯއެއް ވިއްކާފައިވަނީ 12 ރުފިޔާއަށް އަދި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި ނަމަވެސް މިއަދުން ފެށިގެން ފިޔާ ކިލޯއެއް 10ރުފިޔާއަށް އަދި ފިޔާ ބަސްތާއެއް 220 ރުފިޔާއަށް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށެވެ.ފިޔާގެ އިތުރުން އަލުވީގެ އަގުވެސް ހެޔޮވާނެ ކަމަށާއި އެގޮތުން ކުރިން އަލުވި ކިލޯއެއް 12 ރުފިޔާއަށް ލިބެންހުރި ނަމަވެސް މިއަދުން ފެށިގެން އަލުވި ކިލޯއެއް 9 ރުފިޔާއަށް ލިބޭނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.އެސްޓީއޯއިން ބުނީ ފިޔަޔާއި އަލުވީގެ އަގު ހެޔޮކުރަން ނިންމީ ދެން ރާއްޖެ ގެނައުމަށް ހަމަ ޖެހިފައިވާ ޝިފްމެންޓް އަގު ހެޔޮކޮށް ލިބިފައިވާތީ ކަމަށެވެ.ފިޔަޔާއި އަލުވީގެ އަގު ހެޔޮކުރި ނަމަވެސް ބިހުގެ އަގަށް އަދި ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިހާރު ވަކިން ބިހެއް ވިއްކަމުންދަނީ އެެއް ރުފިޔާ ފަންސާސް ލާރިއަށް އަދި ބިސް ކޭހެއްގެ އަގު ހުރީ 270 ރުފިޔާގައެވެ.