ޚަބަރު

އެންޑީއެމްއޭއިން އެހީވުމަަށް ޚާއްސަ ޖަމްބަލް ސޭލެއްބާއްވަނީ


މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ޙާއްސަ ޖަމްބަލް ސޭލްއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެން ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެންޑީއެމްއޭގެ ރިލީފް ޑިސްޓްރިބިއުޝަން ސެންޓަރގެ އިންޗާރޖް އާމިނަތު އިޒްދިޙާ ރުޝްދީ ވިދާޅުވީ، މި ހަރަކާތަކީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާއި، ދަރުމަވެރިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްކަަމަށެވެ. މިއަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު ދިހަޔަކުން އެގާރައަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ، އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ހަދިޔާކުރި އަންނައުނުގެ ތެރެއިން މިހާރު ނުގެންގޮސްހުރި އަންނައުނުތަށްކަމަށް އިޒްދިހާ ވިދާޅުވިއެވެ. ސޯޝަލް ސެންޓަރ އައުޓް ޑޯގައި ކުރިއަށްގެންދާ މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިޒްދިހާ ވިދާޅުވިއެވެ. މި ޖަމްބަލް ސޭލުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ މި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ހެދި މާލެ ފަޔަރ ރިލީފް އެކައުންޓަށް އިޒްދިހާ ވިދާޅުވިއެވެ.

"މިއަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު ދިހަޔަކުން އެގާރައަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ، އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ހަދިޔާކުރި އަންނައުނު." އިޒްދިހާ ވިދާޅުވިއެވެ.

ހ. އަބަދަށްފެހި މަގު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ، އެންޑީއެމްއޭއިން ޙާއްސަ ޖަމްބަލް ސޭލްއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، މި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ގިނަ ފަރާތްތަކަކުން ވަނީ ފަންޑުތަށް ހަދައިގެން އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.