މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޯރޕަރޭޝަންގެ ޓްރެނިންގ ސެންޓަރުން ކުރިއަށްގެންދިއަ ރޭޑިއޯ
ޑްރާމާ ޕްރޮޑަކްޝަން ކޯހާއި ސެޓްފިކެޓް އިން ޓެލެވިޜަން ކޯސްނިމި ބައިވެރިންނަށް
ސެޓްފިކެޓް ދެއްވައިފިއެވެ.
ހޯމަ
ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި
ބައިވެރިންނަށް ސެޓްފިކެޓާއި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް
ހަވާލުކޮށްދެއްވީ އެމްބީސީގެ ޗެއަރމަން އިބްރާހިމް އުމަރުމަނިކުއެވެ.
ރޭޑިއޯ
ޑްރާމާ ޕްރޮޑަކްޝަން ކޯހުން އެއްވަނަ ލިބިފައިވަނީ މަރިޔަމް ރޯޒީއަށެވެ. އަދި ސެޓްފިކެޓް
އިން ޓެލެވިޒަން ކޯހުން އެއްވަނަ ލިބިފައިވަނީ އައިޝަތު އަނީލާ ޒާހިރަށެވެ.
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބީސީގެ ޗެއަރމަން އިބްރާހިމް
އުމަރުމަނިކު ވިދާޅުވީ މުޅި ކޯރޕަރޭޝަންގެ ވިސްނުން ބްރޯޑްކާސްޓިންގ ވިސްނުމަށް
ބަދަލުކުރަންޖެހިފައިވާކަމަށާއި ބެލުންތެރިން ބޭނުންވާ ގޮތަށް ބްރޯޑްކާސްޓިންގ
ކޮންޓެންޓްވެސް ބަދަލުކުރަންޖެހިފައިވާކަމަށެވެ. އަދި ޕްރޮގްރާމްތައް
އިޝްތިހާރުކުރުން މިހާރުގެ ޒަމާނީ
ވަސީލަތްތަކާއި އެއްގޮތަށް ބަދަލުކުރުމަށް ޖެހިފައިވާކަމަށް އުމަރުމަނިކު ވިދާޅުވއެވެ.
އެމްބީސީ ޓްެރޭނިންގ ސެންޓަރުން ކުރިއަށް ގެންދިއަ މިދެ ކޯހުގެ ތެރެއިން ރޭޑިއޯ ޑްރާމާ ޕްރޮޑަކްޝަން ކޯހުގައި އެމްބީސީގެ 11 މުވައްޒަފަކު ބައިވެރިކޮށްފައިވެއެވެ. އަދި ސެޓްފިކެޓް އިން ޓެލެވިޜަން ކޯހުގައި އެމްބީސީގެ 5 މުވައްޒަފުންގެ އިތުރުން ފުލުހުންގެ އިދާރާގެ 2 ބޭފުޅަކާއި އެމްއެންޑީއެފްގެ 2 ބޭފުޅަކު ބައިވެރި ކޮށްފައިވެއެވެ.
މި
ރަސްމިއްޔާތުގައި ރޭޑިއޯ ޑްރާމާ ޕްރޮޑަކްޝަން ކޯހުން އެއްވަނަ ޑްރާމާއިން
ތަންކޮޅެއް ހުށަހަޅާދިނުމާއި އަދި ސެޓްފިކެޓް އިން ޓެލެވިޒަން ކޯހުން އެއްވަނަ
ޕްރޮޑަކްޝަން ދައްކާލާފައިވެއެވެ.