ބިދޭސީއެއްގެ އަތުން ބައިލައްކަ ރުފިޔާ ފޭރުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހެލްމެޓެއް އަޅައިގެން ތޫނު އެއްޗެއް ބޭނުންކޮށްގެން މާލޭ ލަންސިމޫގޯޅިން ހިނގާފައިދިޔަ ބިދޭސީއަކަށް ބިރުދެއްކުމަށްފަހު ފައިސާތައް ފޭރިގެން ދުއްވެފައި ދަނިކޮށް، އެވަގުތު މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފޭރިގެންފައިވާ ފައިސާތަކާއެކުކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިމައްސަލަ ފުލުހުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.