ޚަބަރު

ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި


ރާއްޖޭގެ ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޅުރަށްތަކާ ބެހޭޤާނޫނަށް ރިއާޔަތްކޮށް އާންމުކޮށް އިޢުލާނުނުކޮށް ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާކަމަށެވެ. ފަޅުރަށްރަށް ވަރުވާއަށް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ފޯމް ހުށަހެޅި ނަމަވެސް މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓްގެ މަސައްކަތްވެސް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެހެން ނަމަވެސް ރާއްޖޭގައި ހުރި ފަޅު ރައްތައް ކުށްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލި ސަބަބެއް އެ ވުޒާރާއިން ހާމަކުރައްވާފައެއްނުވެއެވެ.