ޚަބަރު

ހަވޮޑިގަލާގައި ޤަވާޢިދާ ޚިލާފަށް ބަޔަކު ޙަރަކާތްތަކެއް ހިންގާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ގދ. އަތޮޅު ހަވޮޑިގަލާކިޔާ ފަޅުރަށުގައި ބަޔަކު ޤަވާޢިދާޚިލާފަށް ޙަރަކާތްތަކެއް ހިންގާ މައްސަލަ ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލައާއި ގުޅިގެން އެމިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެވުޒާރާގެ ބެލުމުގެ ދަށުގައި އޮންނަ ހަވޮޑިގަލާއަށް ހުއްދަނެތި އަރައިގެން ބަޔަކުމީހުން އެރަށުގައި ޤަވާޢިދާޚިލާފަށް ޙަރަކާތްތަކެއް ހިންގާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެރަށަކީ ރާއްޖޭގެ ފަޅުރަށްތަކާބެހޭ ޤާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ވަރުވާއަށްވެސް އަދި ކުއްޔަށްވެސް ދީފައިވާރަށެއް ނޫންކަމަށާ އެހެން ކަމުން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށަކަށް އަރައި އެއްވެސް ކަހަލަ ހަރަކާތެއް ހިންގަން ވާނީ އެ ވުޒާރާގެ ހުއްދަ ލިބިގެން ކަމަށެވެ.