ޚަބަރު

ޣައްސާން މަޢުމޫނާއި އާޒިމާއާއެކު 18 މީހަކަށް ޕީޕީއެމްގެ ޓިކެޓު ދީފި


ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާން މަޢުމޫނާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރަށް އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓު ޕްރައިމަރީއަކާއި ނުލައި ދީފިއެވެ. މި ދެ ބޭފުޅުންގެ އިތުރުން 16 ފަރާތަކަށް ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓު ވަނީ ދީފައެވެ.

  • ޕްރައިމަރީއަކާއި ނުލައި ޓިކެޓު ލިބުނު ފަރާތްތަކާއި ޓިކެޓު ދިން ދާއިރާތައް:
  • 1- މައްޗަންގޮޅި އުތުރު ޖަމީލާ ޢަލީ ޚާލިދު
  • 2- ތިނަދޫ އުތުރު ދާއިރާ އަޙްމަދު ޒުހޫރު
  • 3- ގުރައިދޫ ދާއިރާ ޣައްސާން މައުމޫން
  • 4- ހޮޅުދޫ ދާއިރާ އާޒިމާ ޝަކޫރު
  • 5- ހުޅުމާލެ ދާއިރާ އިބްރާޙީމް ފައިޞަލް
  • 6- ހެންވޭރު އުތުރު ދާއިރާ ޑރ. މުޙައްމަދު ޝަޢިނީ
  • 7- އައިމިނަތު ލަޔާލް މަނިކު މަތިވެރި ދާއިރާ
  • 8- ދަނގެތި ދާއިރާ މަޢުމޫން ޢަބްދުއް ސަމަދު
  • 10- ބިލެއްދޫ ދާއިރާ އަޙްމަދު ޝަފީޤު
  • 11- ތިމަރަފުށީ ދާއިރާ އިބްރާޙީމް ސަނާހު
  • 12- ފުވައްމުލަކު މެދު ދާއިރާ ޙަޞަން ޚާލިދު
  • 13- ހިތަދޫ މެދު ދާއިރާ ޒާހިދު ރަމީޒު
  • 14- ހިތަދޫ ދެކުނު ދާއިރާ މުޙައްމަދު ލަތީފް
  • 15- ކާށިދޫ ދާއިރާ މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު)
  • 16- ހެންވޭރު ދެކުނު ދާއިރާ މުޙައްމަދު ފިޝާވިން ސަޢީދު
  • 17- ވިލިނގިލި ދާއިރާ ޝަހީބު އިބްރާޙީމް
  • 18- ހިންނަވަރު ދާއިރާ ޢަބްދުﷲ ނާޒިމް އިބްރާޙީމް

މި ފަރާތްތަކަށް ޓިކެޓު ޙަވާލުކޮށްފައި ވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޓިކެޓު ޙަވާލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލިކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަނުކުރި ނަމަވެސް މަޖިލީހުގެ ގިނަ ދާއިރާތަކަށް އެޕާޓީން ވާދަކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައިވެސް ޕީޕީއެމްއިން ވަނީ 24 ފަރާތަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދީފައެވެ. އެހެންކަމުން މުޅި ޖުމްލަ 41 ފަރާތަކަށް ޕީޕީއެމްއިން ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދީފައެވެ.